Image

އިންޓަމިޓެންޓް ފާސްޓިންގ (IF) އަކީ

އިންޓަމިޓެންޓް ފާސްޓިންގ އަކީ ފެންބޮއިގެން ހިފާ ރޯދައެކެވެ. އަހަރެމެން އިސްލާމް ދީނުގައި ހިފާ ރޯދައާއި މިރޯދަ ތަފާތުވަނީ މިރޯދަ ހިފާއިރު ފެން ބޮވޭތީއެވެ. ހަޤީގަތުގައި ނުކައި ހުންނަ ވަގުތުގައި އަހަރެމެންނަށް އެހުރެވެނީ ރޯދައަށެވެ.

މިރޯދަ ތަފާތު މިންވަރަށް ހިފައެވެ. އެންމެ ގިނަ ބަޔަކު ރޯދަ ހިފަނީ 16 ގަޑިއިރަށެވެ. އަނެއް 8 ގަޑިއިރު ތެރޭގައި 2 ނުވަތަ 3 ފަހަރު ކައިގެންނެވެ. ދެން އޮތީ 18 ގަޑިއިރު ރޯދައަށް ހުރެފައި 6 ގަޑިއިރު 2 ފަހަރު ކައިގެން ރޯދަ ހިފުމެވެ. ދެން އޮތީ 20 ގަޑިއިރު ރޯދައަށް ހުރެފައި 4 ގަޑިއިރު ތެރޭގައި 2 ފަހަރު ކައިގެން ރޯދަ ހިފުމެވެ. ދެން އޮތީ 23 ގަޑިއިރު ރޯދައަށް ހުރެފައި 1 ފަހަރު ކައިގެން ރޯދަ ހިފުމެވެ. މީ 24 ގަޑިއިރު ތެރޭގައި ކައިގެން ރޯދަ ހިފޭ އެންމެ މަޝްހޫރު ގޮތްތަކެވެ.

24 ގަޑިއިރަށް ވުރެ ދިގުކޮށްވެސް ރޯދަ ހިފައެވެ. އަވަހަށް ބަރުދަން ލުއިކުރުމަށާއި ގިނަ ބަލިތަކެއްގެ ޝިކާރައަކަށް ވެފައި ތިބޭމީހުންނަށް މިގޮތް ވަރަށް ކަމުދެއެވެ. ސަބަބަކީ ހަށިގަނޑުގެ މަރާމާތުކުރުމުގެ ނިޒާމަށް މަސައްކަތްކުރުމަށް ފުރުޞަތު ދެވޭތީ އޭގެ ފައިދާ ހަށިގަނޑަށް ކުރާލެއް އަވަސް ކަމުންނެވެ. މީހާގެ މެޓަބޮލިކް ރޭޓް (ހަށިގަނޑުގައި ހަކަތަ ބޭނުންކުރާ މިންވަރު) ދަށް ނަމަ މިގޮތް ވަރަށް ރަނގަޅުވާނެއެވެ. މިގޮތުގައި އެންމެ މަޝްހޫރު ވެފައިވަނީ 36 ގަޑިއިރު ރޯދަ ހިފުމެވެ. އޭރުން 1 ދުވަހު ހަތަރުދަމު ރޯދައަށް ހުރެފައި އަނެއްދުވަހު 1 ފަހަރު ކައިގެން އަނެއްކާވެސް 24 ގަޑިއިރު ނުވަތަ 36 ގަޑިއިރު ހަމަކުރާ ގޮތަށް ރޯދަހިފުމެވެ. މިގޮތުން 72 ގަޑިއިރު ހަމަވަންދެންވެސް ބައެއް މީހުން ރޯދަ ހިފައެވެ.

މިރޯދަ ހިފުމުގައި ފެންބުއިމުގެ އިތުރުން ބައެއް ތަކެތި ބޭނުން ކުރެވިދާނެއެވެ. އެގޮތުން ހަކުރު ނާޅައި ކަޅުސައި ބުއިމާއި، ހަކުރު ނާޅައި ގުރީން ޓީ ބުއިމާ، ހަކުރު ނާޅައި ކަޅު ކޮފީ ބުއިން އެންމެ ރަނގަޅުވާނެއެވެ. ބަލިބައްޔަށް ބޭސް ކާމީހުން ބޭސް ކެއުންވެސް އެންމެ ރަނގަޅުވާނެއެވެ. ވިޓަމިން އާއި މިނަރަލް އަދި އިލެކްޓްރޯލައިޓްސް ވެސް ބޭނުންކުރެވޭނެއެވެ. އޭގައި އެއްވެސް މިންވަރަކަށް ކެލޮރީ ހިމެނޭ އެއްޗެއް ބޭނުން ކޮށްފިނަމަ ހަޤީގަތުގައި ރޯދަ ގެއްލޭނެއެވެ. ނަމަވެސް އޭގެ ސަބަބުން އިތުރު ވަގުތު ރޯދައަށް ހުރެވޭނަމަ މައްސަލައެއް ނެތެވެ. ނަމަވެސް އެ ބޭނުންކުރާ އެއްޗަކީ ކާބޮހައިޑްރޭޓް ހިމެނޭ އެއްޗެއް، ހަކުރު ހިމެނޭ އެއްޗެއް ކަމުގައި ވެގެން ނުވާނެއެވެ.

އިލެކްޓްރޯލައިޓްސް (ސޯޑިއަމް، ޕޮޓޭސިއަމް، މެގްނީޒިއަމް) ހިމެނޭ ޕައުޑަރ ތައް ބޭނުންކުރުމަކީ މިކަހަލަ ރޯދަ އިތުރަށް ފުރިހަމަވާނެކަމެކެވެ. ސަބަބަކީ ރޯދައަށް ހުންނައިރު ގައިން މަދުވެގެންދާ ސޯޑިއަމް (ލޮނު) އާއި ޕޮޓޯސިއަމް ގެ ބައިތަށް ހަށިގަނޑަށް ލިބެމުން ނުދާނަމަ ހަށިގަނޑަށް އިތުރު މައްސަލަތަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ކާގަޑީގައި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމުން ޕޮޓޭސިއަމްގެ ބައިތަށް ލިބޭނެއެވެ. ހިމާލަޔަން ޕިންކް ސީސަލްޓް އަކީ ފެންބޯއިރު ބޭނުންކުރަން ވަރަށް ރަނގަޅު ލޮނެކެވެ.

 


1 / 33


XtGem Forum catalog